އަހަރެންގެ ޙިޔާލު އަނެކާގެ ޙިޔާލާއި އެއްގޮތް ވުންލާޒިމެއްނޫނެވެ. އަނެކުންނަށްވެސް ހަމަ އޮތީ މިގޮތެވެ. އަހަންނަކީ ބޭފުޅެއްނޫނެވެ. އާދައިގެ މީހެކެވެ. ގަރުދިޔަ އާއި ބަތް ކައި ބޮޑުވި ދިވެއްސެކެވެ. ވީއިރު އަހަރެންގެ ލިޔުމާއި ބަހުރުވަ އާދައިގެ ނުވާންވީ ސަބަބެއް ނުވިސްނެއެވެ

11.11.08

ސިޔާސީ ރަދީފުގެތެރެއިން

މިފަހަރު މިހިމަނާލަނީ ރާއްޖެ މިތަޖުރިބާކުރި ތާރީޚީ ބަދަލުގެ ތަފާތު މަރުހަލާތަކުގައި ތަފާތު ގޮތް ގޮތުން ދިވެހިންގެތެރެޔަށް މަޝްހޫރު ވެގެންއައިސް ޢާއްމު ވެފައިވާ ކުރިން ޢާއްމުނޫން ބައެއް ބަސްތަކެވެ.މިބޮޑު ބަދަލުގެ ތެރެއިން ދިވެހި ސިކުނޑިތަކާއި ގާތްވި، ދޫމައްޗަށްޢާއްމުވިބަސް ތަކެއްކަމުން ހަނދާން އާކޮށްލަނީއެވެ.
1. އިސްތިއުފާ
2. ގޮޅާބޯ
3. ނިޒާމީ ނުކުތާ
4. މެމްބަޅުން
5. ޕޯސްޓް މޯޓަމް
6. މަދަނީ ބަސް ނޭހުން
7. މެނިފެސްޓޯ
8. އިއްތިހާދު
9. ރަނިންމޭޓް
10. ސިވިލް ސޮސައެޓީ
11. ކަމިޝަން
12. މިނިވަން މުސްތަގިއްލު
އަދިވެސް އިތުރު ބަސް ތަކެއް ހުރެދާނެއެވެ. މިއީ މިވަގުތު މަގޭ ޚިޔާލު ފޮށިން ބޭރުކޮށްލެވުނު މިންވަރެވެ.
އ ލ ޤ

0 comments:

Post a Comment

މި ބޮލޮގަށް ޒިޔާރަތް ކޮށްލީތީ ޝުކުރުވެރިވަމެވެ. ކިޔުންތެރިންގެ ޚިޔާލުތަކަށް މަރުހަބާ ކިޔާހާލު އަދިވެސް ބްލޮގަށް ޒިޔާރަތް ކޮށްލުމަށް ދަޢުވަތު ދެމެވެ. ޝުކުރިއްޔާ