ތާނައިން ބުލޮގު ކުރުމަކީ ބޮލޮގެއް ގެންގުޅެން ފެށީއްސުރެ ބޭނުންވި، އެހެނަސް ނުކުރެވި އޮތް ކަމެކެވެ. މުޅިއަކުން އެހެނެއްވެސް ނޫނެވެ. ގަޔާވާ ގޮތަކަށް ނުވީއެވެ. ހިތް އެދޭގޮތަށް ނުކުރެވުނީއެވެ. މީގެ ދުވަސް ތަކެއް ކުރިން، އ ލ ޤ ގެ ދިވެހި ބުލޮގު ތަޢާރަފުކުރީމެވެ. އެެހެނަސް، ތާނަ ޓައިޕުކުރެވޭގޮތާއި، ކިޔާލަން އުނދަކޫ ކަމެއްހުރީތީ އެކަން މެދު ކަނޑާލީއެވެ. އެނޫން އަލިމަގެއް ފެނިދާނެ ކަމުގެ ފޮނި އުއްމީދުގައެވެ.
ކަންވީވެސް އެކަހަލަ ގޮތަކަށެވެ. އެތަނަކަށް ބޯދެމުން، މިތަނަކުން ހޯދަމުން އުޅެމުންގޮސް ހިތް ހަމަ ޖެހިލެވޭ ގޮތަކަށް ލިޔެވޭނެ ފަދަ ގޮތެއް ފެނުނީ އެވެ. މާ މޮޅު ލިޔުންތެރިޔަކީ އެއް ނޫނެވެ. އެހެނަސް ހިތަށް އަރާައެއްޗެއް ބުނެލެވޭނެ ކަމަށެވެ. މާމޮޅަށް ކޮމްޕިއުޓަރާއި އިންޓަނެޓް ދަންނަނީއެއްނޫނެވެ. އެނގުނުވަރަކުން ކަމެއް ކުރެވޭތޯ ބަލަނީއެވެ. އުއްމީދު ކުރަނީ މިކަން ތަންފުކެއް ގަޔާވާ ގޮތަކަށް ކުރެވޭނެ ކަމަށެވެ.
އ ލ ޤ
No comments:
Post a Comment
Note: Only a member of this blog may post a comment.