ރަށި ބަހުން ބުލޮގު ކެރާއް ވިސްނިކޯ މިކަމަސް ވޭއް މިއޮތީ ބަހުގެ ޤަވާއިދު އިސްލާހު ކޮށްގެން. މެހެން މިބެ1ނީ ސަބަބައް ނެތިޔަސް ނުން. އަފިރިން އައްޑޫ މީހުން ވާހަކަ ދައްކާކޯ ބޭ1ނުންކެރާ އެއްއަކުރު މިކޯ މިބަހި ނެތް. ނެތާއުތާ ބެ1ނޭ1ނެއެ އެ އަކުރާ ޓައިޕްކެރާ1ނެ ހަމަ އެއްގޮތަސް ނެއްމެއި. ކަން މެހެން އޮއްމެއިއެއި އެކީ ދިވެހި ބަހުގެ ޤަވާއިދަށް ބޮނޑޮ ދެއިސްލާހައް ގިނޭއް މަށް ފެނެއި. މަވާހަކަ އަދަ އަހާ1ނެ ވާލަށް ނިވިޔަސް ފަހަރަކަ ކޮންމިޔަސް ދުވަހަކި ތިބެފޭށިޔެތާ!
އިސްލާހު 1: ޏަވިޔަނި މިބަހާގެ ބަދަލި އައްޑޫ މީހުން ކޭނީ 1ނަވިޔަނި. އެއަކުރާއޮވެއިޔަސްމެ. އެއަކުރާ ރަސްމީކޮށް ދިވެހި ބަހަށް ލާއި، 1ނަވިޔަނީ ޓައިޕްވޭ1ނެ ގޮތަށް ހެދުން.
އިސްލާހު 2: ޏ. ފުވައްމޮލަކި މީހުން "ލ" އަށް ސުކުން ކެރަތާ. އެހެން ވީމެއި ދިވެހި ބަހި ސުކުން ވޭ އަކުރު ތަކަކީ " އ ސ ތ ށ ނ ލ " ނުންފެހޭ "ލޯއާސީނުތަށި" ކަމަށް ހެދުން.
މީޔަސް ހަމަ ޙިޔާލާއް
= އ ލ ޤ
މިލިޔުމެ "1" ޖަހަފެއި އެހިށީ މިއިސްލާހު ކޭރާއް މަ މިކޭ އަކުރާ ނެއްމެއި، އެއަކުރާގެ ބަދަލި
ދިވެހިން ބުލޮގު ކުރަން ފެށިޔަސް އެކަން އެއްގޮތަކަށް ވެސް ނުކުރެވި ފިސާރި ގިނަ ދުވަސް ވެއްޖެއެވެ. އެހެން ކަމުން މިފަހަރު އާ އަޒުމަކާއި އެކު މިކަން ކުރެވޭތޯ ހިތުލައިފީމެވެ. ނަމަވެސް ތަފާތު ގޮތަކަށެވެ. އައްޑޫ ބަހުންނެވެ. ކޭނެ ބާކިން ވެފޭހެއް ކަމަށް ބަލައި މިކަމަށަސް ވަކަރައްޖަހާއް ހިތަށް ހަމަ އެރީ. އިރާދަ ކުރެއްވިފެހޭ ވަރަށް އަވަހަށް ލޭލާށުން.
މިފަހަރު މިހިމަނާލަނީ ރާއްޖެ މިތަޖުރިބާކުރި ތާރީޚީ ބަދަލުގެ ތަފާތު މަރުހަލާތަކުގައި ތަފާތު ގޮތް ގޮތުން ދިވެހިންގެތެރެޔަށް މަޝްހޫރު ވެގެންއައިސް ޢާއްމު ވެފައިވާ ކުރިން ޢާއްމުނޫން ބައެއް ބަސްތަކެވެ.މިބޮޑު ބަދަލުގެ ތެރެއިން ދިވެހި ސިކުނޑިތަކާއި ގާތްވި، ދޫމައްޗަށްޢާއްމުވިބަސް ތަކެއްކަމުން ހަނދާން އާކޮށްލަނީއެވެ.
1. އިސްތިއުފާ
2. ގޮޅާބޯ
3. ނިޒާމީ ނުކުތާ
4. މެމްބަޅުން
5. ޕޯސްޓް މޯޓަމް
6. މަދަނީ ބަސް ނޭހުން
7. މެނިފެސްޓޯ
8. އިއްތިހާދު
9. ރަނިންމޭޓް
10. ސިވިލް ސޮސައެޓީ
11. ކަމިޝަން
12. މިނިވަން މުސްތަގިއްލު
އަދިވެސް އިތުރު ބަސް ތަކެއް ހުރެދާނެއެވެ. މިއީ މިވަގުތު މަގޭ ޚިޔާލު ފޮށިން ބޭރުކޮށްލެވުނު މިންވަރެވެ.
އ ލ ޤ
ދިވެހި ޖުމްހުރިއްޔާގެ އާރައީސް މުހައްމަދު ނަޝީދާއި ރަނިންމޭޓް ޑރ ވަހީދަށް މަރުހަބާ
ދައުލަތުގެޚަޒާނާގެ ތަޅުދަނޑިޔާއި އަމިއްލަ ވިޔަފާރީގެ ތަޅުދަނޑި އެކައްޗަކަށް ވެއްޖެ ނަމަ މަސްލަހަތު ނޯންނާނެޔޭ ބުނި އަޑު ނީވޭނެ ދިވެއްސެއް ހުންނާނެ ބާއެވެ. ހިއެއްނުވެއެވެ. އެހެން ބުނީ ކާކުކަމާއި ކީއްވެކަން ވެސް ދިވެހިންނަށް އިނގޭނެއެވެ. އެހެނަސް ބަސްމަގާއި ޚިލާފަށް ޢަމަލު ދާހެން އެބަހީވެއެވެ.
މީގެ ކުރިން އިވެމުން އައީ ކަމަށް ޤާބިލު މީހުންނަށް މަޤާމުދެވޭނެޔޭ ބުނިއަޑެވެ. ކަންހިނގީ އެހެންބާއެވެ؟ އާނ ނޫން މިދެބަސް ދޫކޮށްލާހިތް އޮތީ ކިޔުންތެރިންނަށެވެ.
ދެން އޮތީ މަގޭ ޚިޔާލެވެ. ގާސިމަށް ދައުލަތުގެ ދާޚިލީ ވުޒާރާ ދިނީ އަންބޮނޑީގައި އޮތް ވިޔަފާރި ކުޑަވީމަހެއްޔެވެ؟ ފިނޭނސް ހަވާލު ކުރީ ފައިސާ ނުވެސް ދެކޭ އަލީ ހާޝީމާއެވެ. ވާނީ އެހެންނެވެ. ލެކިއުޓު ކިޔާ އަޑެއް ދިވެހިން އަހާފައެއް ނުވެއެވެ. ޑރ ޑިޑީ އާއި މަސްވެރިކަމުގެ ވުޒާރާ ހަވާލުކުރެއްވީ މަހުގެ ދަތް ތަކަށް ފަރުވާދޭން ނޫންބާވައޭ ހިތަށް އެބައަރައެވެ.
ކުރާނެކަމެއް ނެތި ހަތަރު އުދަރެސް ޖެހުނީއެއް ނޫނެވެ. ބަދަލަކީ އޮތް އެއްޗެކެވެ.
އާސަރުކާރުން ބަލަން ވީ ޕާޓީގެ މަސްލަހަތަކަށް، އިއްތިހާދުގެ މަސްލަހަތަކަށް ނޫނެވެ. ޤައުމުގެ މަސްލަހަތަށެވެ. މިވަގުތަށް މުހިއްމީ ކަމަށް އެކަށޭނެ މީހުންނާއި ކަން ހަވާލު ކުރުމެވެ. ޤައުމު އޮތި ޕާޓީ ސިސްޓަމުގެ ތެރެއިން އުފެދުނު ޒާތީ ސިސްޓަމް ހިންގޭ ފަދަ ހާލަތެއްގައެއްނޫނެވެ. މިއީ ގިނަމީހުންގެ ކަންފަތް ތަކަށް ތުރާކުރުވާނެ ވާހަކައެކެވެ. އެހެނަސް ފަރުވާލެއް ނެތެވެ. ސަބަބަކީ މިކަމުން ޤައުމުގެ ހިތަށް ވޭނާއި ކެކުޅުން ލިބެއެވެ.
ދިވެހި ޤައުމު އޭގއ ޙާލުގެ ދުލުން އެދި ގޮވަނީ، ކުލަޔަކަށް، ހަސަބަކަށް، ނަސަބަކަށް، ޕާޓީ އަކަށް، ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި، ލަޔާޤަތާއި ވަފާތެރިކަން ހުރި ދަރިންތަކެއް މިޤައުމުގެ ނަވުގެ ފަޅުވެރިން ކަމަށް ވުމަށެވެ. ޤާބިލުކަމެއް ތެދުވެރިކަމެއް، ރައްޔިތުންގެ ވިންދު ދަތުމެއް ނުވާ މަހުޖަނުން ތަކަކަށްވުރެ، ހެޔޮ ވަފާތެރި ފަޤީރުކޮއި މާރަނގަޅެވެ.
އ ލ ޤ
ބޮލޮގް ކުރަން ފެށިތާ ތިން މަހެއްހާ ދުވަސް ވެއްޖެއެވެ. އެހެން ކަމުން ދެން އެންމެ ބެނުމީ ދިވެހި ބަހުންވެސް ބްލޮގު ކުރުމަށެވެ. ކަންދިމާ ކުރި ގޮތުން މިކަން ކުރަން މިޖެހުނީ ރާއްޖޭގައި މާ ބޮޑު ކަންތަކެއް ހިނގަމުން އަންނަ ދުވަސްކޮޅެއްގައެވެ. ބަދަލެވެ. ބަދަލު ކުރުމެވެ. އިސްލާޙު ކުރުމެވެ.
ވުމާއެކު ފުރަތަމަ ލިޔުން ކޮޅުގައި އަހަންނަށްވެސް ފެންނަ އިސްލާހެއްގެ ވާހަކަ ދައްކާލުމީ ހަމަ އެންމެ ރަނަގަޅު ވެދާނެ ކަމެކޭ އެބަހީވެއެވެ. އިސްލާހެއްގެ ކަންތަކެއް ފެންނަމުން އޮޅެމުން ނިއުޅެމުން މާޒީއާއި އެކުވެދާއިރު، މާޒީގެ މަތިން ހަނދާން ކޮށްލުމީ ރަނގަޅު ކަމެކެވެ. މިއަދު މިހިނގާ ކަންތަށް މާދަމާ ވެގެން ދާނީ ދިވެހި ތާރީޚުގެ އިތުރު ސަފުޙާ ތަކަކަށެވެ. ސަފުހާއެއްގެ މައްޗަށް އަނެއް ސަފުހާލިޔެ، އަންނަން އޮތް ޖީލުތަކަށް ވާސިލުކުރުމުގެ ކުރިން މި ހަވާލުކުރަނީ ކިހިނެއް ލިޔެވިފައިއޮތް މާޒީއެއްތޯ ބަލާލަން އެބަޖެހެއެވެ.
ނުހަނު ކެރުމާއި އެކު އެހެނަސް ލަދުވެތިވާ ހާލު ބުނަން ޖެހެނީ ދިވެހި ތާރީޚް ގައި ވަރަށްވެސް ބޮޑު އޮޅުން ތަކާއި އޮޅުވާލުންތައް އެބަހުރި ވާހަކައެވެ.މީގެ ތެރެއިން ދެތިން ކަމެއް ފާހަގަ ކޮށްލުމުން ފުދޭނެކަމަށް ހީކުރަމެވެ. މިގޮތުން މިފާހަގަ ކޮށްލަނީ މިފަހުގެ ތާރީޚުގެ ތެރެއިންނެވެ. ނުވަތަ މީދާކަށް ދުވަހު އެންމެންގެ ލޯމަތިން ލިޔެފައިވާ(އޮޅޭވަރަށް ވުރެ މިފަހުގެ) ދޮގު ތާރީޚީ ކަންތަކެވެ.
1. ރާއްޖޭގައި ފުރަތަމަ ހުޅުވުނު ބޭންކަކީ ބޭންކް އޮފް އިންޑިޔާ.( މިއީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.)
2. ރާއްޖޭގެ ފުރަތަމަ ގޯލްފް ކުޅޭނޭ ގޯލްފް ކުލަބެއް ހުޅުވުނީ ޅ އަތޮޅު ކުރެއްދޫ ރިސޯރޓުގަ. (ހަޤީގަތާއި ޙީލާފުވާހަކައެކެވެ.)
3. ތިނެއް ނޮވެމްބަރުގެ ހާދިސާގެ ހަޤީގީ ފަތިފުށް. (މިކަން މަށްއްވުރެ ރަނގަޅަށް އިނގޭނެއެވެ.)
މިހިރީ ވެސް އިސްލާހު ކުރަން ވީކަންތަކެވެ. މިފަހަރު މިބުނެލީ ލިޔެވިފައި އޮތް ގޮތެވެ. ކަންހިނގި ގޮތް ނުބުނެ މިދޫކުރީ ހަޤީގަތް ހާމަކުރާނެ މީހަކުވޭތޯއެވެ.
ކޮންމެ ގޮތެއް ވިޔަސް މިއަސްލާހުގެ ދުވަސްކޮޅު އިސްލާހީ މަސައްކަތުގެ ޖާޑިޔާ ތެރެޔަށް ތާރީޚް ލުން ވަރަށް މުހިއްމެވެ. މިއީ މަކަލޯގެ ޙިޔާލެވެ.
ޝުކުރިއްޔާ
މި ބޮލޮގަށް ޒިޔާރަތް ކޮށްލީތީ ޝުކުރުވެރިވަމެވެ. ކިޔުންތެރިންގެ ޚިޔާލުތަކަށް މަރުހަބާ ކިޔާހާލު އަދިވެސް ބްލޮގަށް ޒިޔާރަތް ކޮށްލުމަށް ދަޢުވަތު ދެމެވެ. ޝުކުރިއްޔާ