އަހަރެންގެ ޙިޔާލު އަނެކާގެ ޙިޔާލާއި އެއްގޮތް ވުންލާޒިމެއްނޫނެވެ. އަނެކުންނަށްވެސް ހަމަ އޮތީ މިގޮތެވެ. އަހަންނަކީ ބޭފުޅެއްނޫނެވެ. އާދައިގެ މީހެކެވެ. ގަރުދިޔަ އާއި ބަތް ކައި ބޮޑުވި ދިވެއްސެކެވެ. ވީއިރު އަހަރެންގެ ލިޔުމާއި ބަހުރުވަ އާދައިގެ ނުވާންވީ ސަބަބެއް ނުވިސްނެއެވެ

10.2.09

ދިވެހި ބަހުގެ ޤަވާއިދުގެ އިސްލާހު 1، 2009

ރަށި ބަހުން ބުލޮގު ކެރާއް ވިސްނިކޯ މިކަމަސް ވޭއް މިއޮތީ ބަހުގެ ޤަވާއިދު އިސްލާހު ކޮށްގެން. މެހެން މިބެ1ނީ ސަބަބައް ނެތިޔަސް ނުން. އަފިރިން އައްޑޫ މީހުން ވާހަކަ ދައްކާކޯ ބޭ1ނުންކެރާ އެއްއަކުރު މިކޯ މިބަހި ނެތް. ނެތާއުތާ ބެ1ނޭ1ނެއެ އެ އަކުރާ ޓައިޕްކެރާ1ނެ ހަމަ އެއްގޮތަސް ނެއްމެއި. ކަން މެހެން އޮއްމެއިއެއި އެކީ ދިވެހި ބަހުގެ ޤަވާއިދަށް ބޮނޑޮ ދެއިސްލާހައް ގިނޭއް މަށް ފެނެއި. މަވާހަކަ އަދަ އަހާ1ނެ ވާލަށް ނިވިޔަސް ފަހަރަކަ ކޮންމިޔަސް ދުވަހަކި ތިބެފޭށިޔެތާ!
އިސްލާހު 1: ޏަވިޔަނި މިބަހާގެ ބަދަލި އައްޑޫ މީހުން ކޭނީ
1ނަވިޔަނި. އެއަކުރާއޮވެއިޔަސްމެ. އެއަކުރާ ރަސްމީކޮށް ދިވެހި ބަހަށް ލާއި، 1ނަވިޔަނީ ޓައިޕްވޭ1ނެ ގޮތަށް ހެދުން.
އިސްލާހު 2: ޏ. ފުވައްމޮލަކި މީހުން "ލ" އަށް ސުކުން ކެރަތާ. އެހެން ވީމެއި ދިވެހި ބަހި ސުކުން ވޭ އަކުރު ތަކަކީ " އ ސ ތ ށ ނ ލ " ނުންފެހޭ "ލޯއާސީނުތަށި" ކަމަށް ހެދުން.
މީޔަސް ހަމަ ޙިޔާލާއް
= އ ލ ޤ

މިލިޔުމެ "1" ޖަހަފެއި އެހިށީ މިއިސްލާހު ކޭރާއް މަ މިކޭ އަކުރާ ނެއްމެއި، އެއަކުރާގެ ބަދަލި


9.2.09

މަ އައްޑޫ ބުލޮގާ ވާ


ދިވެހިން ބުލޮގު ކުރަން ފެށިޔަސް އެކަން އެއްގޮތަކަށް ވެސް ނުކުރެވި ފިސާރި ގިނަ ދުވަސް ވެއްޖެއެވެ. އެހެން ކަމުން މިފަހަރު އާ އަޒުމަކާއި އެކު މިކަން ކުރެވޭތޯ ހިތުލައިފީމެވެ. ނަމަވެސް ތަފާތު ގޮތަކަށެވެ. އައްޑޫ ބަހުންނެވެ. ކޭނެ ބާކިން ވެފޭހެއް ކަމަށް ބަލައި މިކަމަށަސް ވަކަރައްޖަހާއް ހިތަށް ހަމަ އެރީ. އިރާދަ ކުރެއްވިފެހޭ ވަރަށް އަވަހަށް ލޭލާށުން.

މި ބޮލޮގަށް ޒިޔާރަތް ކޮށްލީތީ ޝުކުރުވެރިވަމެވެ. ކިޔުންތެރިންގެ ޚިޔާލުތަކަށް މަރުހަބާ ކިޔާހާލު އަދިވެސް ބްލޮގަށް ޒިޔާރަތް ކޮށްލުމަށް ދަޢުވަތު ދެމެވެ. ޝުކުރިއްޔާ